ޚަބަރު
އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފި
އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފި އެވެ.

އެ މަގު މަރާމާތުކޮށް ތަރައްގީ ކުރަން ނިންމ މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ.

އެހެންވެ އެ މަސައްކަތް މިދިޔަ ޖޫން މަހުގެ 15 ގައި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރުމުން މަގު މަރާމާތުކުރުމަށް ބޭނުންވާ ފަންނީ ސާވޭ ވެސް ހަދައި ނިންމާފައިވެ އެވެ.

އެ ކުންފުނިން ބުނީ މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށި އިރު، މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތް ކަމަށެެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެންނާނެ އެވެ

މަރާމާތުގެ މަސައްކަތްތަކަށްޓަކައި މިހާރު ވަނީ ދިވެހި ރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާއި ހަމައަށް އަމީނީމަގު ބަންދުކޮށްފަ އެވެ.

ސޯލިހު ސަރުކާރުން ނިންމި އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް މިކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު