ދުނިޔެ
ދައުވާތަކަށް މަދޫރާ އިންކާރު ކުރައްވައިފި
ވެނެޒުއެލާގެ ރައީސަކީ އަދިވެސް އޭނާ ކަމަށާއި ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށް، އެމެރިކާއިން ހައްޔަރުކޮށްފައިވާ އެގައުމުގެ ރައީސް ނިކޮލަސް މަދޫރާ ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ނިއު ޔޯކްގެ ކޯޓު ރޫމެއްގައި މަދޫރާ ވަނީ އޭނާ އަކީ އަދިވެސް ވެނެޒުއޭލާގެ ރައީސް ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޑްރަގް ޓްރެފިކިން އާއި ޓެރަރިޒަމްގެ ހަތަރު ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަޑޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަޑޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފަ އެވެ.

މަދޫރޯގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އެ ކަމަނާ ވެސް ވަނީ އިންކާރުކުރައްވައިފަ އެވެ.

ބައި ގަޑިއިރަށް ދެމިގެންދިޔަ އަޑުއެހުން ފެށުމުގެ ކުރިން ކޯޓުގެ ބޭރުގައި ގިނަ ޢަދަދެއްގެ މީހުން އެއްވެ އަޑުގަދަކުރަމުން ދިޔައެވެ. އޭގެ ތެރޭގައި މަދޫރޯއަށް ތާއީދު ކުރާ މީހުންނާއި އޭނާއާ ދެކޮޅު މީހުން ވެސް ހިމެނެއެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާރިޗު މަހުގެ 17ވަނަ ދުވަހަށެވެ.

އެމެރިކާ އިން ވެނެޒުއޭލާ އަށް އަރައި، ހަމަލާ ދީ މަދޫރާ "ހައްޔަރުކުރުމުން" އދ. އާ އެކު ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.


 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު