ވެނެޒުއޭލާގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް މަޑޫރޯ އިންތިހާބުކޮށްފި
ހަސަން ހަލީމް
29 ޖުލައި 2024 - 15:11
0 comments
ވެނެޒުއޭލާގެ ރައީސް މަޑޫރޯ: ވެނެޒުއޭލާގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް ވަނީ އިންތިހާބުވެފައި -
ވެނެޒުއޭލާގެ ރައީސް ކަމަށް ތިންވަނަ ދައުރަކަށް ނިކޮލަސް މަޑޫރޯ، 61 އިންތިހާބުވެފައިވާ ކަމަށް އެ ގައުމުގެ އިލެކްޓޯރަލް އޮތޯރިޓީން ބުނެފި އެވެ.
ވެނެޒުއޭލާގެ ނޭޝަނަލް އިލެކްޓޯރަލް ކައުންސިލްގެ އިސްވެރިޔާ އެލްވިސް އަމޮރޯސޯ ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި އިންތިޚާބުން މަޑޫރޯއަށް ވަނީ 51 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ.އޭނާ ވިދާޅުވީ 80 ޕަސެންޓް ވޯޓު ގުނައިފައިވާއިރު، އިދިކޮޅު ކެންޑިޑޭޓް އެޑްމަންޑީ ގޮންޒާލެޒްއަށް ލިބިވަޑައިގަތީ 44 އިންސައްތަ ވޯޓު ކަމަށެވެ.އިންތިހާބުގެ ނަތީޖާއާއެކު ކުރިއަށް އޮތް ހަ އަހަރު ވެނެޒުއޭލާގެ ވެރިކަން ކުރައްވާނީ އެ ގައުމުގެ ރައީސްކަމާ 2013 ގައި ހަވާލުވި މަޑޫރޯ އެވެ.ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ވަރަށް މުއްސަނދި ގައުމެއް ކަމަށްވާ ވެނެޒުއެލާ ވަނީ ފާއިތުވި އަހަރުތަކުގައި އިގްތިސާތީ ގޮތުން ވަރަށް ބޮޑަށް އިނދަޖެހި ފަގީރުވެފައެވެ.
ކިޔުންތެރިންގެ ޝުއޫރު