ޚަބަރު
އައްޑޫގައި ހިނގި ކާރު އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ހިތަދޫ ހިއްކި ސަރަހައްދުގައި ބާރަށް ދުއްވައިގެން ދިޔަ ކާރު ފުރޮޅާލި - ފޮޓޯ/ އެމްވީ ކްރައިިސިސް
އައްޑޫ ސިޓީގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރުޅާލައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:50 ގައި ކަމަށެވެ. 

އެ ހާދިސާ ހިނގިއިރު އޭގައި ހަތަރު މީހަކު ތިއްބެވެ. ފުލުހުން ބުނި ގޮތުގައި އެ އެންމެނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައި ވާއިރު އޭގެ ތެރެއިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. 

އެއީ އައްޑޫ ވެމްކޯގައި މަސައްކަތްކުރާ، އުމުރުން 30 އަހަރުގެ މީހެއް ކަމަށް އެނގިފައިވެ އެވެ. 

އަނިޔާވި އެންމެންނަށްވެސް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު