ޚަބަރު
އައްޑޫއިން އަނެއްކާވެސް ސަރުކާރު ބަލިވެއްޖެ، ސޯބެއަށް މަޖިލިސް ގޮނޑި!
ސޮޑާ ކެމްޕެއިންއަށް މާލެ އިން އައްޑޫއަށް ކެމްޕެއިން ކުރަން ފޮނުވި ޓީމްގެ ބައެއް އިސްވެރިން
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ދިފާއުނުކުރެވި، އައްޑޫއިން އަނެއްކާވެސް ސަރުކާރު ބަލިވެއްޖެ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. 

ސޯބެއާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރަ އެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

ވޯޓުލުން ބަންދުކުރީ ހަވީރު 17:00 ގައެވެ. އޭގެ ކުރިން ހަވީރު 16:00އާ ހަމައަށް ވޯޓުލުމުގެ ހައްގު އޮތް 62 ޕަސެންޓް މީހުންކަމަށްވާ 2،563 މީހުން ވޯޓުލާފައިވެއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހުރިހާ ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ ސޯދިގެވެ.

  • ސޯދިގަށް ލިބިވަޑައިގަތީ: 804

  • ސައީދަށް ލިބިވަޑައިގަތީ: 644

މިއަދު ނެގި ވޯޓުން ވެސް ސަރުކާރު ހިންގާ ޕީއެންސީ ބަލިވިއިރު އެންމެ ފަހުން ބޭއްވި ސިޓީތަކާއި ކައުންސިލް އިންތިހާބުގައި ވެސް އައްޑޫއިން ވަނީ ބޮޑުކޮށް ސަރުކާރަށް "ނޫނެކޭ" ބުނެފަ އެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް އައްޑޫއިން ރައީސް މުއިއްޒު އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު