ޚަބަރު
އައްޑޫސިޓީ ހިތަދޫގައި ހުރި ޑްރަގު ކެފޭއެއް ބަންދުކުރަން އަމުރުކޮށްފި
ފޮޓޯ: ޕޮލިސް
އައްޑޫ ހިތަދޫގެ "މައިލޯސިޓީ" ގޭގައި ހިންގަމުން އަންނަ ޑްރަގު އައްޑާ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ބަންދުކޮށްފި އެވެ. 

މި އަމުރު ނެރެފައިވަނީ އިއްޔެ އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ އެވެ.

އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ. 

ކޯޓު އަމުރުގައި ވަނީ އެ ގެއަކީ ފުޅާ ދާއިރާއެެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށާއި އެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ. 

ބަންދުކޮށްފައިވާ މުއްދަތުގައި އެތަނަށް ވަދެ އުޅުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު