ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފަރުކޮޅުފުށި ހިއްކި ބިމުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުން ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.