ޚަބަރު
ހިތަދޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ހިތަދޫ، ސަންރީފް، އަލީ އަސްޢަރު، 30، އެވެ. ފުލުހުން ބުނ އޭނަ ހައްޔަރުކުރީ ހޯމަ ދުވަހު ކަމަށެވެ.

އަސްޢަރު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.

މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުބާ ދެމުންނެވެ. އަދި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު