
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.މި މައްސަލައިގައި އަނިޔާވެފައިވަނީ ކާކަށް ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން ވަނީ ކަށަވަރުވެފަ އެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.