ޚަބަރު
މާލޭގައި 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީފި
މާލޭގައި މިރޭ މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާ ދީ ޒަޚަމުކޮށްލި މައްސަލައެއް ރިޕޯޓުކޮށްފައިޗާ ކަމަށެވެ.

އެގޮތުން، ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މިކަމާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗުގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ތޮއްޖެހިފައިވާ ވެރި ރަށް މާލޭގައި މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް މާރާމާރީގެ 199 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު