ޚަބަރު
ބޭންކު ކާޑު ކުއްޔަށް ދޭ މައްސަލަތަކެއް ؛ ބޭންކިން ހިދުމަތްތަކުން މަހުރޫމްވެދާނެ!
ބޭންކު އެކައުންޓު ކުއްޔަށް ދޭ މައްސަލަތައް މި ދުވަސްވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށް، އެއީ ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މަހުރޫމުވުން އެކަށީގެންވާ ކަމެއްކަން ފުލުހުން ހަނދާންކޮށްދީފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބޭންކު އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.

މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ކަހަލަ ކަމަށް ބުނާ އިޝްތިހާރުތައް އިތުރުވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެކައުންޓަކީ އަމިއްލަ އެއްޗެއް ކަމަށާއި ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީއަކީ އެހެން މީހަކަށް ދީގެންވާނެ އެއްޗެއް ނޫން ކަމަށެވެ. 

އެ ކަމަށް އިޝާރަތްކޮށް ފުލުހުން ބުނީ، އެ ފަދަ ކަންކަމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެ ކަމުގެ ސަބަބުން، ޖިނާއީ ދައުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަހުރޫމުވުމުގެ ފުރުސަތު އޮންނަކަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން، ބޭންކު އެކައުންޓު ކުއްޔަށް ދޭ މީހުންނާއި ނަގާ މީހުންނާ މެދު އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

ފުލުހުން ވަނީ، އެފަދަ އިޝްތިހާރުތައް ހުންނަ ޕޯސްޓުތައް ޝެއާ ނުކުރުމަށާއި އެ ފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު