ޚަބަރު
ބުކްލެޓު ހުސްވެ، އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި
ދިވެހި ޕާސްޕޯޓް
އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ، އާ ސްޓޮކް ރާއްޖެ އަށް ގެންނަން ލަސްވާތީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަން ނިންމައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ.

އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އޭގެ އަގަކީ 600ރ. އެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1،000ރ. ދައްކަންޖެހެ އެވެ. 

މި ފިޔަވަޅަކީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށް ފަހު، އެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި، ޕާސްޕޯޓު ބަދަލުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު