ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން އަހްމަދު އަޝްފާން ވަކިކޮށް، އޭނާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ވަނީ، އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައި ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ މަސައްކަތާއި ނަޒާހާތްތެރިކަން ފާހަގަކޮށްފައެވެ.އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހެވެ. އެހާތަނަށް އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރުގެ ޚިދުމަތް ކުރައްވައިފައިކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.އަޝްފާން ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ބައެއް ކުލަބުތަކަށް ވެސް އޭނާ ކުޅެފައިވެ އެވެ.