ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
އަބްދުﷲ މައުރޫފް
14 އޯގަސްޓް 2026 - 11:42
0 comments
ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިރަނާސްގެ އޮފިޝަލުން.
މޯލްޑިވްސް ހާފް މެރަތަން 2026 ގެ އޮފިޝަލް މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.
"އައިރަނާސް" އާ ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް ހާފް މެރަތަން 2026 އޮންނާނީ މިއަދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ. މި ހަރަކާތް ކުރިއަށްދާނީ އެދުވަހުގެ ފަތިހު 4:00 އިން ހެނދުނު 10:00 އަށެވެ. މި ދުވުމުގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރުގެ 'ފަން ރަން'، ކުޑަކުދިންނަށް ހާއްސަ 'ކިޑްސް މައިލް' އަދި 5 ކިލޯމީޓަރުގެ ވީލްޗެއަރ ރޭސް ހިމެނެ އެވެ.މި މެރަތަންއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަންގާރަ ދިވަހު ބޭއްވި "ރަނިން އެކްސްޕޯ"ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެފަ އެވެ. މި އެކްސްޕޯގައި ޓްރީ ޓޮޕުން ވަނީ:- ދުވުމުގެ ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ހަދައިދީދައި
- ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ބަލައިދީފައިވޭ
- ދުވުމަށް ތައްޔާރުވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ރައްކާތެރިކަމާ އެކު ދުވުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ވެސް ވަނީ ފޯރުކޮށްދީފައި
މި ހަރަކާތުގެ އޮފިޝަލް މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން، ދުވުން ކުރިއަށްދާ ވަގުތު ތިން ސަރަހައްދެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވާނެ އެވެ. މިއީ ދުވުމުގެ ހުރިހާ ބައިވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން، މޯލްޑިވްސް ހާފް މެރަތަން 2026 ގެ ހުރިހާ ދުވުންތެރިންނަށާއި ސަޕޯޓަރުންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މިފަދަ ދުޅަހެޔޮ އަދި ހިތްވަރުގަދަ މުޖުތަމައެއް ބިނާކުރުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް އެ ހޮސްޕިޓަލުން ފާހަގަ ކުރެ އެވެ.
ކިޔުންތެރިންގެ ޝުއޫރު