ވިޔަފާރި
ޓްރީ ޓޮޕްގެ ހެލްތު ކޭމްޕް މ. މުލީގައި ބާއްވަން ނިންމައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ 4 ވަނަ ހެލްތު ކޭމްޕް މ. މުލީގައި ބާއްވަން ނިންމައިފި އެވެ.

ހެލްތް ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ މީހުން އޮކްޓޯބަރު 15، ގެ މެންދުރު 2:00 ޖެހުމުގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓުކުރަން ވަނީ އެދިފަ އެވެ.

ޓްރީ ޓޮޕްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ އެ ކޭމްޕް ކުރިޔަށް ގެންދަނީ މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.

މި ކޭމްޕުގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ޑޮކްޓަރުންނަކީ:

  • ޑރ. ޗަންދްރަޝޭކަރް ރާވަލް - ކަރުންމަތީގެ ބަލިތަކުގެ (އީއެންޓީ)ގެ ހާއްސަ ކޮންސަލްޓަންޓް

  • ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް

  • ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް

  • ޑރ. ޖާޔާ ޕްރަކާޝް ނާދަން - ކިޑްނީ ބަލިތަކުގެ ހާއްސަ ކޮންސްލްޓަންޓް

  • ޑރ. މެހްމެޓް އޮޑާ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް

  • ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް

  • ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ - އަންހެނުންގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް

  • ޑރ. އަލީ ނިޔާފް - ކޮންސަލްޓަންޓް ނިއުރޯސާޖަން (ނާރުގެ ބަލިތަކުގެ)


އެ ކޭމްޕްގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހީދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕްތަކުން، ކޭމްޕް ބާއްވާ ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރުނުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު