
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި އެކްސްޕޯ މިއަދާއި މާދަމާ ވެސް ހަވީރު 4 އިން ރޭގަނޑު 11އަށް ކުރިއަށްދާނެ އެވެ. ތަފްސީލް - އާންމުންނަށް ބައިވެރިވެވޭ މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތު، އައިވީއެފް، އެމަޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.ޑެންޓަލް ހެލްތުގެ މައުލޫމާތުތައް ދެނީ ޑރ. އިލްހާމް އާއި ޑރ. ރީޝާ އެވެ. އަދި ފެމިލީ މެޑިސިންއާ ގުޅޭ މައުލޫމާތު ޑރ. އަމިތޭޝް އެވެ.މި އެކްސްޕޯ ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11 އަށެވެ. މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ ހެލްތު އެކްސްޕޯގެ ބޭނުމަކީ އާއްމުންނަށް ސިއްހީ މައުލޫމާތުތައް ހިއްސާކޮށް، އެންމެ ފަހުގެ ހިދުމަތްތަކާއި ފަރުވާތަކުގެ މައުލޫމާތުތައް ދިނުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.