ވިޔަފާރި
ރޯދަމަހު ވެސް ޓްރީ ޓޮޕްގެ އޯޕީޑީގެ ހިދުމަތް ދުވާލާއި ރޭގަނޑު ލިބޭނެ
ރަމަޟާން މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) އާއި އެހެނިހެން ބައިތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް، އެ ގަޑިތައް އެ ހޮސްޕިޓަލުން އާންމުކޮށްފި އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި، ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޯޕީޑީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ؛

  • ހެނދުނު: 10:00 އިން މެންދުރުފަހު 15:00 އަށް
  • ރޭގަނޑު: 20:30 އިން 23:00 އަށް
ކްލިނިކްތަކުގެ ގަޑިތަކަށް ބަދަލު އައި ނަމަވެސް، ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް (އީއާރު) އިން 24 ގަޑިއިރު މެދުނުކެނޑި ފަރުވާގެ ޚިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރޯދަ މަހު އެ ހޮސްޕިޓަލްގެ ފެމެލީ ކްލިނިކުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ހަވީރު 5 އަށް އަދި ރޭގަނޑު 8:30 އިން ދަންވަރު 12 ޖަހަންދެންނެވެ. އޭގެ އިތުރުން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގެ ހިދުމަތްތައް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 3 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ރޯދަމަހު ޑައިލިސިސް ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 5 ޖަހަންދެންނެވެ. 

އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ ހިދުމަތްތައް 24 ގަޑިއިރު ލިބެން ހުންނާނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު