ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް އިއްޔެ ހުޅުވާލައިފި އެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ އާއިލާތަކުން އަންނަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުޅުމާލޭގައި ހިންގާ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުންޏެވެ.

މި އަހަރުގެ ހިތާނީ ކޭމްޕުގެ އަގަކީ އާސަންދަ އަށް ކެނޑުމަށް ފަހު 5،500ރ. އެވެ. މި ކޭމްޕުގެ ޕްރޮސީޖާތައް ކުރިއަށް ގެންދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެމް އޮގަސްޓު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޭމްޕުގައި ހިދުމަތް ދެއްވާނީ، ޓްރީ ޓޮޕުން ބުނި ގޮތުގައި، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ:

  • ޑރ. ހުސައިން ހަދީވް 

  • ޑރ. އުކްތަމް އަބްދުއްލާޔެވް 

  • ޑރ. މައުމޫން އާސިމް 

  • ޑރ. އިބްރާހީމް މުއުމިން 

  • ޑރ. މުހައްމަދު ޝަރީފް 

  • ޑރ. އަބްދުﷲ އުބައިދު 

  • ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑރ. މެހްމެތު އޮޑަރު

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު