ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ މީހުންނަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި އެ އަތޮޅު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް ހިޔާރުކުރެެވޭނެ ކަމަށެވެ.
ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، އޭދަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 12ވަނަ ދުވަހެވެ.