ޚަބަރު
ގެއްލިގެން ހޯދަން އިއުލާންކުރި 15 އަހަރުގެ ކުއްޖާ ފެނިއްޖެ
ހުޅުމާލެ 2 އިން ގެއްލިގެން ހޯދަން އިއުލާންކުރި އުމުރުން 15 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ. 

ގެއްލިގެން ހޯދީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީއެވެ.

ފުލުހުން ބުނީ އަލްޔާ ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 ހާއިރު ކަމަށްވެ އެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު