ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫއޭއީގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ރާއްޖޭން ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ.އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖެއިން ދެކެނީ އެ ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތަށް އަރައިގަތުމާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ކުރުން ކަަމަށެވެ. ރާއްޖެ އޮތީ ޔޫއޭއީއާ އެކުގައި ކަމަށާއި އެ ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަަވަޅަކަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މަސްރަހު ގޯސްކުރުމުން ދުރުހެލިވުމުގެ މުހިއްމުކަން ދިވެހިރާއްޖެއިން ފާހަގަކުރަމެވެ. އަދި ވާހަަކަ ދައްކައި، ޑިޕްލޮމެޓިކް މަަސައްކަތްތަކުން ނުތަނަވަސްކަން ކުޑަކޮށް ސަރަހައްދުގެ ހަމަޖެހުން ހިފަހައްޓަން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.ޔޫއޭއީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އެ ގައުމުގެ މުހިންމު އިމާރާތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ގައުމަކުން ނުނަގަ އެވެ.