ޚަބަރު
ނާޒިމްގެ މައްސަލައެއް ފުލުހުން ނުބަލާ: އިހްސާން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ހޯމްލޭންޑް ސިކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާޒިމްގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ދީފައިވާ ނަމަ އެ "މައުލޫމާތު ދޭ ފަރާތް [މައުލޫމާތު ހޯދާ މަސްދަރު] ބަދަލުކުރަންޖެހޭ" ކަމަށާއި އެއީ ދޮގު މައުލޫމާތު ދޭ ފަރާތެއް ކަމަށެވެ.

"ރަނގަޅު މައުލޫމާތު ހޯދަން ޖެހޭނީ ތިޔަ ބޭފުޅުން. އެއީ [ނާޒިމްގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ދައްކާ ވާހަކައަކީ] ހަމަ އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން، އެއްވެސް ތަހުގީގެއް ނުހިނގާ،" އިހުސާން ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.

އެއާ އެކު، އޭނާގެ މަައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށް ވެސް އަޑުތައް ފެތުރުނެެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު