ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދާ އާއިޝަތު އަލްޔާ އަލީ
ހުޅުމާލެ އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށއިފި އެވެ.

ގެއްލިގެން ހޯދަނީ ހމ، ފްލެޓް ނަމްބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީ، 15، އެވެ. 

އާއިލާއާ ހަވާލާދީ، ފުލުހުން ބުނީ އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައި ކަމަށެވެ.

ފުލުހުން ބުނީ، އަލްޔާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ކަމަށެވެ. އެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ވަނީ، އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު