ވިޔަފާރި
ބީއެމްއެލްގެ ފަންޑުގެ އެހީގައި ވޭމަންޑޫގައި ސެން ކްލާހެއް ހުޅުވައިފި
ގައުމީ ބޭންކު، ބީއެމްއެލްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކްލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.

މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ. 

ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަގްސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން. އަދި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން ބުނީ، މި އަހަރުގެ މިހާތަނަށް ހިރިޔާ ސްކޫލާއި ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވާނެ ކަމަށެވެ. މި ދެ މަޝްރޫއުގެ ސަބަބުން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކުރެވިފައިވާނެ ކަމަށް، ބޭންކުން ބުންޏެވެ.

މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ބީއެމްއެލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށް ވެސް، ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު