
ވޭމަންޑޫގައި ތިބޭ ފުލުހުން މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ޒުވާނުންގެ ބަޔަކު މިރޭ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފަ އެވެ.އެ އިހުތިޖާޖުގެ ވީޑިއޯ - މަންޒަރުތައް ބަޔަކު ލައިވް ވެސް ކުރި އެވެ.