ޚަބަރު
މަސްވެރިކަމުގެ ލައިސަންސް އާކުރާއިރު ފަޅުވެރިން ދަފްތަރުކޮށްފައިވޭތޯ ޔަގީންކުރަނީ
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަގުސަދުގައި މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި މިނިސްޓްރީން ވަނީ އިފްތިތާހުކޮށްފަ އެވެ. 

އަދި މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި މި މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމުގެ އިތުރުން، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ފޯރުކޮށްދީފައިވާނެ އެވެ. އަދި މިހާރުވެސް މި މަސައްކަތް މިނިސްޓްރީގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.

މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މައުލޫމާތުތަކެވެ. އެހެންކަމުން، މަސްވެރިންގެ ގައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން މިނިސްޓްރީން ޔަގީންކުރާނެކަމުގައި ދަންނަވަމެވެ

ވީމާ، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އިސްވެދެންނެވުނު ތާރީހުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ދަފްތަރުގައި ރަޖިސްޓަރީވާނެ ގޮތުގެ ގައިޑް ތިރީގައިވާ ކިއު.އާރު. ކޯޑް ސްކޭންކޮށް ބައްލަވާލެވޭނެ އެވެ. 

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން 1 އޮކްޓޫބަރުގެ ކުރިން ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަން އެޕްލިކޭޝަން ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ 7928721 އަށް މެސެޖް ކުރެއްވުމަށްވެސް އެ ވުޒާރާއިން އިލްތިމާސްކުރައްވަ އެވެ.

މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު