ޚަބަރު
ސަރުކާރުގެ ނިންމުން ބަދަލުކޮށް ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދޭން ނިންމައިފި
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ހުރި މަސްވެރިކަންގެ ކަންބޮޑުވުންތަކަށް ރިޔާއަތްކުރައްވާ، އެކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ޖޫން 13، 2024 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް އަމަލު ނުކުރާ ގޮތަށް ނިންމީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކަމަށެވެ.

ލޭނު މަސްވެރިކަން ހުއްދަ ކުރަން ނިންމި ނިންމުން ސަރުކާރުން ބަދަލު މި ކުރީ މަސްވެރިންނާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ބޭރުގެ ގައުމުތަކުން ވެސް ލޭނު މަސްވެރިކަމަށް ހުއްދ ނުދޭން ގޮވާލާފައި އޮއްވަ އެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް މިއަދު ނިންމެވި ނިންމެވުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހިޔާލު ކުރިއަށް އޮތްތަނުގައި ރައީސް ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ނިންމުން ބަދަލުމިކުރީ ދިވެހިރާއްޖޭގައި ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުން މުރާޖާކޮށް އެކަން ނުކުރުމަށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ވަނީ ގޮވާލާފަ ވަނިކޮށެވެ. 

އެ ޖަމްއިއްޔާތަކުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު