ޚަބަރު
ދޮންއަނދަރާދަ ހިނގުން ހުޅުވައިފި
ދޮންއަނދަރާދަ ހިނގުން
ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަނދަރާދަ ހިނގުން 14 އަހަރަށްފަހު މިރޭ އާންމު ޓްރެފިކަށް ދުއްވަން ހުޅުވާލައިފި އެވެ.

މިރޭ ދޮންއަދަރާދަ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ސްޓެލްކޯގެ ބޭނުމަށް 2010ވަނަ އަހަރު އެ މަގު ބަންދުކުރިއިރު، އަލުން އެ މަގު ހުޅުވާލުމަށްޓަކައި، މަގު ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 17ގައެވެ.

ސްޓެލްކޯއިން ބުނީ އެ މަގު ބަންދުކުރަން ޖެހުނީ މާލޭގެ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފުޅާކުރުމަށް އިތުރު ކެޕޭސިޓީ ގާއިމްކުރުމަށް ހިންގަން ކުރިން ރޭވި ފޯޓް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވުމުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު