ވިޔަފާރި
ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް
ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭ ކަމަށް ކަރަންޓް ކުންފުނި -- ސްޓްލެކޯގެ އެމްޑީ ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު ބޭނުންކުރި ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް، ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ސްޓެލްކޯ އިން ވަނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް ޑިސްކައުންޓު ދޭން ނިންމައިފައެވެ. ނަމަވެސް އޭރު ބައެއް ފަރާތްތަކުން ވަނީ ބިލަށް ފައިސާ ދައްކައިފަ އެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ރޭ ވިދާޅުވީ ފަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމުމުގެ ކުރިން ބިލު ދެއްކި ފަރާތްތަކުގެ އަންނަ މަހުގެ ބިލުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.

"ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމަނާފައިވާ އިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މިރޭގެ ނިޔަލަށް އެ ބިލުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލުތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލުތަކުން އުނިކޮށްދޭން ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަމަހުގެ ކަރަންޓު ބިލް އެހެން މަސްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައި، ކަރަންޓު ޚިދުމަތްދޭ ކުންފުނިތަކުންވެސްވަނީ ބިލްތައް އަދާހަމަކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު