ވިޔަފާރި
މި ރޯދަމަހުވެސް އުރީދޫގެ ފަރާތުން އެކި އޮފާތަކާއިއެކު، ކަސްޓަމަރުންނަށް ހަދިޔާފޮށި
މިދިޔަ އަހަރު އުރީދޫން ތައާރަފު ކުރި ހަދިޔާ ފޮށީގައި މިއަހަރު ވެސް ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

ހަދިޔާ ފޮއްޓަކީ އުރީދޫގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ 24 ގަޑިއިރަކުން ހުޅުވޭ ފޮއްޓެކެވެ. މި ފޮށީގައި ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ އާއި ގިފްޓް ވައުޗަރާއި ފޯނު، އެޕަލް ވިޝަން ޕްރޯ އަދި ޕީއެސް 5 ފަދަ އަގުހުރި އެތައް އިނާމެއް ވަނީ ހިމަނައިފަ އެވެ.

ހަދިޔާ ފޮށީގެ އިތުރުން މި އަހަރުގެ ރޯދައަށް އުރީދޫން ވަނީ ގިނަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ.

ހަދިޔާފޮށި: އުރީދޫ ސުޕައެޕްގައި ހަދިޔާފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެ އެވެ.

ރޯދަ ހަދިޔާ: މީގެ ދަށުން 500ރ، އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެވޭނެ އެވެ.

ގިފްޓް އަ ޕެކް: ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފާއި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ އެވެ.

ސުޕަނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަނެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. ކޮންމެ ހަފުތާއަކު ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވާނެ އެވެ.

އިފްތާރު ޕެކް ހަދިޔާ: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެ ވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންއާ އެކީ މިސްކިތްތަކަށެވެ.

ޕްރޭޔަ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެ އެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެ އެވެ.

ފިތުރު ޒަކާތް: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ފިތުރު ޒަކާތް ދެއްކުން

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މި ރޯދަ މަހު ތައާރަފުކުރާ ސީ.އެސް.އާރު ޕްރޮގްރާމް "އިސްރަށްވެހިންނާ އެކު"، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެވެ.

ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އުރީދޫ އަތޮޅު ދުވުން ލީޑަބޯޑުގެ އެއްވަނައަށްދާ މީހަކަށް ދެ މީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ވަނީ ހުށަހަޅާފަ އެވެ.

އުރީދޫ ރޯދަމަހުގެ އޮފާތަކާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު