27 ވިލޭރޭގެ އަޅުކަމަށް 2.5 މިލިއަން މީހުން ޖަމާވި: ސައުދީ މީޑިއާ
ހަސަން ހަލީމް
06 އޭޕްރީލް 2024 - 14:02
0 comments
ރިޕޯޓްތައް ބުނާ ގޮތުން 2.5 މިލިއަން މީހުން ހަރަމްފުޅާއި އެތަނުގެ ވަށައިގެންވާ ސަރަހައްދަށް ރޭ ޖަމާވި
ރޭ މައްކާގެ މަސްޖިދުލް ހަރަމްއަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަން އަޅުވެރިން ޖަމާވެ، ތަރާވީހު ނަމާދާއި ދަމުނަމާދު، ޖަމާއަތުގައި ފުރިހަމަކޮށްފި އެވެ.ރޭގެ ދަމުނަމާދު އިމާމްވެ ކުރެއްވީ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހުމާން އަލް ސުދެއިސް އެވެ.ސައޫދީގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރޭގެ އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 2.5 މިލިއަނަށް އަރަ އެވެ.ރޭގެ އަޅުކަމަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ނަމަވެސް ރައްކާތެރިކަމާ އެކު ހުރިހާ ކަމެއް ކުރިއަށްދިޔަ ކަމަށާއި އިންތިޒާމްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށް ހަރަމްފުޅުގެ އިމާމް ޝައިހު ޑރ. އަބްދުއްރަހްމާން އާލް ސުދައިސްއާ ހަވާލާދީ ސައޫދީ ޕްރެސް އެޖެންސީން ބުންޏެވެ. ސައުދީ އަރަބިއްޔާއިން ގެންދަނީ އަހަރުން އަހަރަށް މަސްޖިދުލް ހަރަމް ހިމެނޭ ސަރަހައްދު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ހަދަމުންނެވެ. މިހާރު ވެސް އެއީ ދުނިޔޭގައި އެންމެ ބޮޑު ހޭދައެއް ކުރި އެއް މަޝްރޫއު އެވެ. އެގޮތުން މަސްޖިދުލް ހަރަމްގެ ތަރައްގީއަށް ސައުދީން ހިންގާ މަޝްރޫއުއަށް 21 ބިލިއަން ޑޮލަރު (323 ބިލިއަން ރުފިޔާ) ހޭދަކުރި އެވެ.
ކިޔުންތެރިންގެ ޝުއޫރު