ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މީހުންގެ ނަން ކޮމިޓީއަށް ފޮނުވާނީ ރައީސް އޮފީހުން
އިސްމާއިލް ރިޒާ
24 މާޗް 2024 - 16:14
0
comments
Tweet
Telegram
ދައުލަތަށް ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅާ މީހުންނަށް ކަމާ ގުޅުންހުރި ރިކޯޑްތައް ހުށަހަޅަން ދަތިތައް ދިމާވާތީ، ރައީސް އޮފީހުން އެ ރިކޯޑްތައް ހޯދުމަށް ފަހު ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް ނިންމަވާފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްޞީލު މަޢުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށެވެ.
ރައީސް އޮފީހުން ބުނީ ގޮތުގައި އެމަނިކުފާނު މިގޮތަށް ނިންމެވީ ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަ ރެކޯޑުތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. އަދި އޭރު އެ ބޭފުޅުން ޚިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލާފައިވުމާއެކު، މަޢުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި ރައީސްގެ ނިންމެވުމާއެކު އެކަމަށް ވެސް ޙައްލެއް ލިބޭނެ ކަމަށެވެ.
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މަޢުލޫމާތު، ރައީސްގެ އޮފީހުން ޤައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާއެކު، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، ނަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު ވަނީ 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް އިނާމު އަރުވާފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ މީހުންގެ ރެކޯޑާއި މަޢުލޫމާތުވެސް ރައީސް އޮފީހުން ހޯދުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ދިނުމަށް ހަމަޖައްސާފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ
4 ދުވަސް ކުރިން
0
ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
12 ދުވަސް ކުރިން
0
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި
16 ދުވަސް ކުރިން
0
ހަ ރޯދައިގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
12 ގަޑިއިރު ކުރިން
0
ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް
12 ގަޑިއިރު ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
12 ގަޑިއިރު ކުރިން
0
ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
21 ގަޑިއިރު ކުރިން
0