ޚަބަރު
ހަ ރޯދައިގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި
ހަ ރޯދައިގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި އެވެ.

އެގޮތުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަނޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސާފައިވަނީ، ރައީސްގެ އޮފީހުން މާޗު 6، 2022 ގައި ނެރުއްވި ދެންނެވުމެއްގަ އެވެ.

މިއަހަރުގެ ރޯދަ މަހުގެ ފަހު 10 ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އެއަށްފަހު ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ އާދީއްތަ ދުވަހު އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު