ޚަބަރު
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި މިރޭ މާރާމާރީ ހިންގީ ޕާކެއްގެ ތެރޭ ތިބި ދިވެހިންތަކަކާއި އިންޑިއާ ބަޔަކާއި ދެމެދު ކަމަށާއި، އެ މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ ފޭސް އެކެއްގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް މިރޭ 9 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު