ވިޔަފާރި
ހުޅުމާލެ 2 ގެ ބީޗުސައިޑުން 13 ބިމެއް ވިއްކަނީ
ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ހުޅުމާލެ އިން ބިން ވިއްކާ ސަރަހައްދު.--ފޮޓޯ: އެޗްޑީސީ
ހުޅުމާލެ އިން 13 ބިމެއް ވިއްކަން ނިންމާ ބީލަމަށް ހުޅުވާލައިފި އެވެ. 

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ހުޅުމާލެ "ބީޗް ސައިޑުން" ދިރިއުޅުމަށްޓަކައި 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1،864-2،408 އަކަފޫޓު ކަމަށް އެޗްޑީސީން ބުންޏެވެ. މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ. ކަމަށް އެޗްޑީސީން ބުނެ އެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާއެއްގަ އެވެ، އެއީ:

 1. ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން.

 2. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ އެ ބިމަކަށް ބިޑް ކުރުން.

އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިމަތިލެވޭއިރު ކުންފުނީގެ ގޮތުގައި ކުރިމަތިލެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެއިން 13 ބިމެއް ވިއްކުމަށް މިއަދު ހުޅުވާލއިރު 15 ބިމެެއް ވިއްކުމަށް އެޕްރީލް 2023, ގައި އާއި ޑިސެމްބަރު 2021، ގައި 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު