ޚަބަރު
އަހާ ގެ އާ ފޯރަމް މިރޭ އޮންނާނެ
މިރޭ ބާއްވާ އަހާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން-- ފޮޓޯ: ޕީއެސްއެމް
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިރޭގެ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ. މި ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ފުރުސަތު މީގެ ދެ ދުވަސް ކުރިން އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން މިހާރު ވެސް ސުވާލު ފޮނުވޭނެ އެވެ. ސުވާލުތައް ފޮނުވާނީ AH ޖަހާފައި 300 އަށެވެ.

"އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ ބާއްވާއިރު، މި ފޯރަމްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

"އަހާ" ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މިއީ ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުސަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު