ޚަބަރު
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ހައި ކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ދިފާއީ ވަކީލް ސިޔާޒް ވާހަކަ ދައްކަވަނީ ----
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދީފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ އެ މަގާމަށް ސިޔާޒު އައްޔަންކުރިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސިޔާޒު ވަނީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އުފުލި ދައުވާތަކުގައި ޔާމީންގެ ފަރާތުން އެންމެ ފުރަތަމަ އިސްކޮށް މަސައްކަތް ކުރެއްވީ ސިޔާޒެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި މި ފަހުން ވެސް އިތުރު ބޭފުޅުން އައްޔަން ކޮށްފައިވެ އެވެ. ނަމަވެސް، އެ މައުލޫމާތުތައް ރައީސް އޮފީހުން އަދި އާންމެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު