ޚަބަރު
އުރީދޫ އިން އައްޑޫގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

މިއީ އެ ކުންފުނިން މި ރޯދަ މަހު އިފުތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާ އެކު" ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ. އުރީދޫއިން ބުނީ މި ރޯދަ ވީއްލުމުގެ މަގުސަދަކީ އިސްރަށްވެހިންނާއި، ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އައްޑޫގައި ބޭއްވި ރީދަ ވީއްލުމުގައި އެކިއެކި އޮފީސްތަކުގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ. އަދި ބައިވެރިންނަށް ހަދިޔާ ވެސް ދީފައިވެ އެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ މި ހަރަކާތްތައް މެދުވެރިއަކަށްވެ، މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު