ޚަބަރު
ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ބަންޑުުން ޖަހާލި ކޮޅުވެއްޓި
ރޭ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ، އޭގެ ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން ފަސް މީހުންނާ އެކީ މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި، ގެއްލިގެން ހޯދި މީހާ މީހާ މަރުވެފައި އޮއްވައި ކޮޅުވެއްޓި ދަށުންނެވެ. އެމްއެންޑީއެފުން ބުނީ އެ މީހާ ފެނުނީ އުޅަނދުގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ކަމަށް ސިފައިން ބުންޏެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވެފައި އަނެއް ހަތަރު މީހުން ރޭ ފަތިހު ސީއެމްބިއުލާންސް 21 އަށް ވަނީ ނަގައިފަ އެވެ.

މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު