ޚަބަރު
އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކޮށްފި
އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާއެއް
ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެކި އަގުތައް ނަގާ މައްސަލަ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއު އިން ކާރު ނުލިބޭ މައްސަލަ އިއްޔެ އިން ފެށިގެން ހައްލު ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓު ކިޔޫގައި އޮންނަ ޓެކްސީތަކުން ގަވާއިދާ ހިލާފަށް އަމަލުކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެގޮތުން މިހާރު އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައި، ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅުއަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އަދި، ގަވާއިދާ ޚިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިހާރު އެ ގެނެވުނު ބަދަލާ އެކު މީހުން ތިބި ކިއު އޯޑަރުން ޓެކްސީތައް ނަގަން ޖެހޭނެ. [ޓެކްސީ އަށް] އިތުރު މީހުންނެއް ނޭރުވޭނެ. ޓެކްސީ ޑްރައިވަރުން ބޭނުން ގޮތަކަށް ޕަސެންޖަރުން [ކިއޫގެ] ފަހަތަށް ފޮނުވާލައި އެގޮތަށް ނުހެދޭނެ،" އަމީން ވިދާޅުވި އެވެ. 

މި ޝަކުވާތައް ބެލުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު