ޚަބަރު
ފެނަކަ އަށް ވެހިކަލްތަކެއް ހޯދަން އިއުލާންކޮށްފި
ގިނަ އަދަދެއްގެ އުނޅަދު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ވަކިވަކިން ކުރި އިއުލާންތަކުގައި ހޯދަން އިއުލާންކޮށްފައި ވަނީ ޖުމްލަ 19 ވެހިކަލެކެވެ. އޭގެ ތެރޭގައި ޕިކަޕާއި ބައުޒަރާއި ވޯޓާ ސަކްޝަން އެންޑް ޖެޓިން ޓްރަކުތައް ވެސް ހިމެނެ އެވެ.

ފެނަކަ އަށް ހޯދާ ވެހިކަލްތަކަކީ:

* 1.5 ޓަނުގެ ފަސް ޕިކަޕު
* 5،000 ލީޓަރުގެ ދެ ބައުޒަރު
* 10،000 ލީޓަރުގެ ދެ ބައުޒަރު
* 20،000 ލީޓަރުގެ ބައުޒަރެއް
* ބޮޑު ސައިޒުގެ ހަ ވޯޓާ ޖެޓިން ޓްރަކު
* ކުދި ސައިޒުގެ ތިން ވޯޓާ ޖެޓިން ޓްރަކު

މި އެއްޗެހީގެ އިތުރުން ސަޕްލައި ދޯންޏަކާއި ލޭންޑިން ކްރާފްޓެއް ވެސް ހޯދަން ވެސް ފެނަކަ އިން އިއުލާންކޮށްފައިވެ އެވެ.

ފެނަކައިން ބުނެފައިވަނީ ގިނަ އަދަދެއްގެ އުނޅަދުތަކެއް ހޯދުމަށް އެ ކުންފުނިން އިއުލާނު ކުރީ ކުއްޔަށް އުނޅަދުތައް ނަގައިގެން މަސައްކަތް ކުރުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. ކުއްޔަށް ނަގައިގެން އުނޅަދުތައް ބޭނުންކުރުމުން ހަރަދު ބޮޑުވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި އާ އުނޅަދުތައް ހޯދަނީ މިހާރު ހުރި ބައެއް ތަކެތި ހަލާކުވެފައިވާތީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު