ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓު ކަނޑަނީ
އައިމިނަތު ޝިޔާޒާ
16 މެއި 2024 - 15:01
0
comments
Tweet
Telegram
އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުދުއްފުށި ސިޓީން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެެ.
ކަރަންޓުގެ ކެނޑުމުގެ މައްސަލަ ކުޅުދުއްފުއްޓަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެ، މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް މިދިޔަ މަހު ވެސް މުޅި ރަށުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ފަހުން ވަނީ އެ ރަށަށް ޖަނަރޭޓަރެއް ފޮނުވައި މައްސަލަ ހައްލު ކޮށްފަ އެވެ.
ކުޅުދުއްފުށީ ފެނަކަ ބްރާންޗުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެއް މެގަވޮޓްގެ އިންޖީނަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑޭތާ އެއް ގަޑިއިރު ފަހުން އަލުން ކަރަންޓު ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ވާގޮތުން ކަރަންޓު މެދުކަނޑާނީ ޝެޑިއުލްކޮށްގެންނެވެ. ޝެޑިއުލްގައިވާ ގޮތުން ކަރަންޓު ކަނޑާނީ މެންދުރު 12 އިން ރޭގަނޑު 8 އަށެވެ. ކަރަންޓު ކަނޑަން ނިންމާފައިވާ ޝެޑިއުލް އެ ބްރާންޗުގެ ފޭސްބުކް ޕޭޖުގައި އާންމުކުރަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.
މައްސަލަ ހައްލުވަންދެން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކުރަން އިލްތިމާސްކޮށްފައިވާއިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ވެސް ކަރަންޓު އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ހުރިހާ އެެއްޗެއްގެ ސުވިޗު އޯފްކޮށްފައި ބަހައްޓަން ވެސް ވަނީ އެދިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތްކުރަން ފެނަކަ، އާރުޑީސީ، އެމްޓީސީސީއަށް
1 މަސް ކުރިން
0
ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި
1 މަސް ކުރިން
0
އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
2 މަސް ކުރިން
0
އައްޑޫ ކަރަންޓު މައްސަލާގައި އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: މޭޔަރު ނިޒާރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
3 ގަޑިއިރު ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
3 ގަޑިއިރު ކުރިން
0
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން: ފައިސަލް
4 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު
4 ގަޑިއިރު ކުރިން
0