ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި
މަރިޔަމް އަނާ
09 މެއި 2024 - 15:51
0
comments
Tweet
Telegram
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވަައިފި އެވެ.
މިއަދު ޖައިޝަންކަރުއާ ނިއުދިއްލީން ބައްދަލު ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ވަޒީރު ޖައިޝަންކަރާއި ބައްދަލު ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާ ލެއްވި ކަމަށްވެސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުވެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ފާއިތުވި ތަނުގައި ވެސް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ޖައިޝަންކަރު ވަނީ ރާއްޖެއަށް ވެސް ފައިދާވާނެހެން ކުޑަ އިންޓްރެސްޓުގައި އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު، ހާއްސަކޮށް ދެ ގައުމަށް ވެސް ފައިދާވާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނަން،" ޖައިޝަންކަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން އިންޑިއާއިން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގަ ދިރިއުޅޭ ދިވެހިންނާވެސް ވަޒީރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އެގައުމަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލައްވާނީ މާދަމާއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ރާއްޖެއާ އޮތް ނުތަނަސްކަން ނައްތާލެވޭނެ: އިންޑިއާ
6 ދުވަސް ކުރިން
0
ގައްސާން ދެއްކި ވާހަކަ އިންޑިއާ ހައިކޮމިޝަނުން ދޮގުކޮށްފި
6 ދުވަސް ކުރިން
0
އދ.ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ސަލާމަތީ މަޖިލީހަށް ގޮވާލައިފި
7 ދުވަސް ކުރިން
0
ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނޫން ސަރަހައްދުތަކަށް ޑްރޯން އަރުވާ މައްސަލަ ބޮޑުވެއްޖެ
22 މިނެޓް ކުރިން
0
ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
28 މިނެޓް ކުރިން
0
އަކްރަމް، ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފި
43 މިނެޓް ކުރިން
0
ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ
2 ގަޑިއިރު ކުރިން
0