ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ދެ މީހަކަށް އަނިޔާވެއްޖެ
އަލީ ރާޒީ
14 ޖޫން 2024 - 20:46
0 comments
ތ. ކިނބިދޫ ނެރު ފަސްގަނޑަށް އުރިފައި އޮތް ލޯންޗު -- ފޮޓޯ: އަޒްވާރު
ދުއްވާފައި އައިލެއް ބާރުކަމުން، ކޮންޓްރޯލް ނުވެގެން ތ. ކިނބިދޫ ނެރު ކައިރީގައި ހިއްކާފައި އޮތް ރަށަކަށް ލޯންޗެއް އަރައިފި އެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ. އެ ގޮތުން، ލޯންޗުގައި ތިބި ތިން މީހުންގެ ދެ މީހުންނަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު