ޚަބަރު
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި، މިއަދު ހެނދުނު 7:30 ހާއިރު ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެއްޓިފައި އޮތީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެ އަންހެން ކުއްޖާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އެތާ ކައިރި ހުރި އެހެން އިމާރާތެއްގެ މަތިންނެވެ.

ނަމަވެސް، އޭނާ އެތަނަށް ވެއްޓުނު ގޮތެއް ފުލުހުން އަދި ހާމަ ނުކުރާތީ އެކަން ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.

އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ އޭނާގެ ހާލަތުގެ ތަފުސީލެއް ވެސް އަދި ނުލިބެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު