ޚަބަރު
މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ ނަރުސް ސަސްޕެންޑުކޮށްފި
މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ އައިޖީއެމްއެޗުގެ ނަރުސް ސަސްޕެންޑްކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ޝައްކުކުރެވިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު