ޚަބަރު
އަނިޔާއާ ދުރު ވެއްޓަކުން ޒިންމާދާރު ކުދިންތަކެއް ބިނާކުރަން ޖެހޭ: ސާޖިދާ
ސަރުކާރުގެ އަމާޒަކީ އަނިޔާއިން ރައްކާތެރި، ދުޅަހެޔޮ ވެއްޓަކުން ޒިންމާދާރު ކުދިންތަކެއް ބިނާކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކޮށްފައިވާއިރު ކަމާގުޅޭ މުއައްސަސާތަކަށް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވަން ފަސޭހަވެގެންދާނެ ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވުމާއި، އެކަމަށް އިޖާބަދިނުމާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއެކު، ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން ކަމަށެވެ. އެއީ ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ، ވަރަށް ފުރިހަމަ ސާފު މަގުޗާޓެއް ކަމަށެވެ.

މިއަދު، ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމާއެކު، އެ ކަންކަމުން ރައްކާތެރިކޮށްދީ އަމަލުކުރާނެ ގޮތް ކަނޑައެޅޭނެކަމަށް ވިދާޅުވިއެވެ.

"މިއީ ހަަމައެކަނި ޕޮލިސީއެއް ނޫން. މިއީ ވަރަށް ބޮޑަށް ރޭވިފައިވާ މަގު ޗާޓެއް، ސްޓްރެޓެޖީއެއް، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް،" ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ސަރުކާރުގެ މަގްސަދު ވަރަށް ސާފުކަމަށެވެ. އެއީ ކޮންމެ ކުޑަކުއްޖަކީ ވެސް އަނިޔާއާ ދުރު ވެެއްޓަކުން ބޮޑުވާ ޒިންމާދާރު ކުއްޖަކަށް ހެދުންކަމަށް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ އަނިޔާ ތަހައްމަލުކޮށްފައިވާ ކުދިންނަށް ބޭނުންވަނީ ހަމައެކަނި ހިމާޔަތް ނޫންކަމަށާއި އެ ކުދިންނަށް އެ އަނިޔާއިން ލިބުނު ނަފްސާނީ ގެއްލުމުން އަރައިގަންނަން މުޅި މުޖުތަމައުގެ އަޅައިލުމާއި ލޯބި ބޭނުންވާކަމަށެވެ.

އަދި މިއީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ހެދުމަށް ވެސް ސާޖިދާ ވަނީ ގޮވައިލައްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު