ޚަބަރު
ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން މާދަމާ ހުޅުވާލަނީ
އަންނަ ދިރާސީ އާ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ބޭނުންވާ ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ. އޮންލައިން ފޯމް އެޑިޔުކޭޝަން މިިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ނޮވެމްބަރު 15 ވަނަ ދުވަހެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދީގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2024 ގެ ދިރާސީ އަހަރު ނިމޭނީ އަންނަ ފެބްރުއަރީ މަހު އެވެ. ދެން އަންނަ 2025 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް ހަވަނަ ދުވަހެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު