ޚަބަރު
ހަޔާ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފައިރޫޝް ހޯމްލޭންޑަށް ބަދަލުކޮށްފި
ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

އެ ބަދަލު ގެނެސްފައިވާކަން ޔަގީން ކޮށްދެއްވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފައިރޫޝް އެ މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފައްޓާފައިވާ ކަމަށެވެ.

ފައިރޫޝް، ހޯމްލޭންޑް މިނިސްޓްރީގައި ވެސް އަދާކުރައްވަނީ ސްޓޭޓް މިނިސްޓަރުގެ މަަގާމެވެ.

ފައިރޫޝް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ ކުރެއްވި މަސައްކަތްތަކާ މެދު އުފާ ކުރައްވާކަން ހާމަކޮށް، މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ނަމަވެސް އެހެން މިނިސްޓްރީއަކަށް އޭނާ ބަދަލުވިކަން އެ ޕޯސްޓުގައި ހާމަކޮށްފައެއް ނުވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު