ޚަބަރު
ދުވާފަރު ކައުންސިލަރު ޔަޝްފާ ފުލުހަށް ހާޒިރުކުރަނީ
އިދިިިކޮޅު އެމްޑީޕީން މި ފަހުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ކީ ލަވަޔަކާއެކު މަޝްހޫރުވި ރ. ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހާޒިރު ކުރަނީ ނޮވެންބަރު 11 ގައި އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ވާހަކަ ދައްކަމުން ކިޔާފައިވާ ބަންޖެއްގައި "ހަވަރަށް ދޭން" ގޮވާލާފައި ވާތީ އެވެ.

ބައެއް ނޫސްތަކަށް ޔަޝްފާ މައުލޫމާތުދިން ގޮތުގައި ފުލުހަށް ހާޒިރުވާން އޭނާއަށް އެންގީ ފޯނުން ގުޅާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާއަށް ޗިޓު ހަވާލުކުރާނެކަމަށް ފުލުހުން ބުނެފައިވާކަމަށް ޔަޝްފާ ބުންޏެވެ. 

ޔަޝްފާ ބުނެފައިވާ ގޮތުން އޭނާ ހާޒިރުކުރާ ސަބަބު އޮޅުންފިލުވައިދިނުމަށް އެދުނު ނަމަވެސް ފުލުހުން އެއިރު އެ ސަބަބު ބަޔާންކޮށްދީފައިނުވެ އެވެ. ނަމަވެސް ފަހުން މާލޭގެ ފުލުހުންގެ އިދާރާއިން ގުޅައި އޭނާ ހާޒިރުކުރަނީ އެމްޑީޕީ ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެފައިވާ ކަމަށް ޔަޝްފާ ބުންޏެވެ.  

މި ކަމާ ގުޅިގެން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މި ފަހުން ވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު ވަނީ އޭނާ ކުރި ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު